ރައީސް މުޙައްމަދު ނަޝީދު އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ ފަރާތުން ރާއްޖެ ވަޑައިގެން ވަފްދާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި ޑިމޮކްރަސީއާއި އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ދެފަރާތުންވެސް ކުރެވެންހުރިކަންކަމާއި ގުޅޭގޮތުން މަޝްވަރަކުރެވިއެވެ. އަދި މިބައްދަލުކޮށްލެއްވުމަށްފަހު ގ.ދ ގައްދޫ ދާއިރާގެ ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާ، ގ.ދ ގައްދޫ ދާއިރާއިން އެމް.ޑީޕީއާއި އަލަށް ގުޅުނު މެމްބަރުންގެ ފޯރމްވަނީ ރައީސް ނަޝީދުގެ އަރިހަށް ހުށަހަޅާފައެވެ.