ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް މުޙައްމަދު ނަޝީދު 1 ނޮވެމްބަރ 2018 ގައި އެނބުރި ރާއްޖެ ވަޑައިގަންނަވާއިރު، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވުމުގެ އިންތިޒާމުތަކުގައި ބައިވެރިވުމަށް މި ޕާރޓީގެ މެމްބަރުންނާއި ގިނަ ރައްޔިތުން ބޭނުންވެ، އެދެމުންދާތީ، އެފަރާތްތަކަށް ފަސޭހައަށްޓަކައި، އެފަރާތްތަކުން ބޭނުންވާ ކަންކަން ނުވަތަ އައިޓަމްތައް ހިމެނުމަށް އެދި ގުޅުމަށް މި ޕާރޓީން ހުޅުވާލާފައިވާ ހޮޓްލައިން ނަންބަރަކީ 9502479 އެކެވެ. އެހެންކަމުން މި ނަންބަރަށް ގުޅައިގެން އެކަންކަން ރެޖިސްޓްރީކުރަމުން ގެންދިއުން އެދެމެވެ.