ރިޔާސީ އިންތިޙާބަށް ތައްޔާރުވުމުގެ ގޮތުން ގުޅިފާއިވާ ޕާޓީތަކުން ޕޯސްޓަރު ހަރުކުރުމުގެ ހަރާކާތެއް ބާއްވައިފި!

ރިޔާސީ އިންތިޙާބަށް ތައްޔާރުވުމުގެ ގޮތުން ގުޅިފާއިވާ ޕާޓީތަކުން މާލޭގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރާކާތެއް ބާއްވައިފިއެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫ ސާލިޙް އަދި ރަނިންމޭޓް ފައިސަލް ނަސީމް ވަނީ މިހަރަކާތް ފައްޓަވައި ދެއްވުމުގެ ގޮތުން މާލެ ސިޓީގެ އެކި ސަރަޙައްދު ތަކުގައި ޕޯސްޓަރު ހަރުކޮށްދެއްވާފައެވެ.
މިއަދު ހަވީރު 16:00 ގައި ކުނޫޒު ކުރިމަތިން ފެށި މިހަރަކާތުގައި، އިދިކޮޅު އިއްތިހާދުގައި ހިމެނޭ ގިނަ އަދެއްގެ މަޖިލީސް މެބަރުންގެ އިތުރުން އާއްމު ބެންބަރުން ބައިވެރިވެފައިވެއެވެ. މާލެ ސިޓީގެ އިތުރުން، ވިލިމާލޭގައިވެސް ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރާކާތްތައް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.