ދިވެހި ރައްޔިތުންގެ ފައިސާ ނުހައްގުން ބޭނުން ކުރާނަމަ ދިވެހި ކޮންމެ ރައްޔިތަކުވެސް އެކަމާ ދެކޮޅަށް ނިކުންނަން ޖެހޭ: ފައިސަލް ނަސީމް

ދިވެހި ރައްޔިތުންގެ ފައިސާ ނުހައްގުން ބޭނުން ކުރާނަމަ ދިވެހި ކޮންމެ ރައްޔިތަކުވެސް އެކަމާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ޖުމްހޫރީޕާޓީގެ މެމްބަރު ފައިސަލް އެގޮތަށް ވިދާޅުވީ އދ. ފެންފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ފައިސަލްގެ ވާހަކައިގައި ވިދާޅުވެފައިވަނީ ރިޝްވަތަކީ އާންމުއެއްޗަކަށް ހެދުމަށް ސަރުކާރުން ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާނަމަ ރައްޔިތުން ނިކުމެ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށެވެ.

މުޅި ދިވެހި ރާއްޖޭގެ ރައްޔިތުން އެއްއަޑަކަށް ވޭތުވެދިޔަ ހަތަރު އަހަރު ގޮވަމުންދިޔައީ އެމްއެމްޕީއާރުސީގެ ފައިސާ ކޮބައިތޯއާއި، އަދި ޓުއަރިޒަމް ކުރި އެރުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ސަރުކާރުން ނުކުރާކަމަށާއި، މާލޭގައި މިހާރު އަޅަމުންދާ އައިޖީއެމްއެޗްގެ އިމާރާތަކީވެސް ހަމަ އަގުގައި ބަޔަކު ލައްވާ އެކަން ކުރުވާކަމަށްވާނަ 50 މިލިއަން ޑޮލަރަށްވެސް ނާރާނެ އިމާރާތެއް ކަމަށެވެ.

ކޯލިޝަން ސަރުކާރަކުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށާއި، ކައުންސިލްތަށް ބާރުވެރި ކުރުވައި، ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތްދީ، ރަށްތައް ތަރައްގީ ކުރުމުގެ ފުރުސަތުދޭނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ގާނޫނަކީ ކުޅޭ ކުޅޭ އެއްޗަކަށް ނަހަދާނެ ކަމަށާއި، ގާނޫނާކީ ވަކި މީހަކަށް ޓާގެޓްކޮށްގެން ހަދާއެއްޗެއްގެ ބަދަލުގައި އެންމެނަށް ހަދާއެއްޗަކަށް ހަދާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

އަދި ފެންފުށީ ރައްޔިތުންވެސް އަދި އެންމެހާދިވެހި ރައްޔިތުންވެސް އަނިޔާވެރިކަމުން ސަލާމަށް ވުމަށް ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތް ކުރުމަށް ފައިސަލް ވަނީ އެދިވަަޑައިގެންފައެވ