އިންސާފު ގެއްލިފައިވާ ފަރާތްތަަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ދެން އުފެދޭ ސަރުކާރެއްގެ ޕްރޮގްރާމްގެ އެންމެ ކުރީގައި އޮންނާނެކަމަށާއި އަނިޔާ ލިބެމުންދާ ފަރާތްތަކަށް އޭގެ ޙައްޤު ބަދަލު ހޯއްދަވައިދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ ޞާލިޙް) ވިދާޅުވެއްޖެއެވެ. އިބޫ ޞާލިޙް މިހެން ވިދާޅުވީ މިއަދު ހެނދުނު ބ. ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
”އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތަކީ ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުން“ އިބޫ ޞާލިޙް ވިދާޅުވިއެވެ.
އިންސާފުން ބޭރުން ވަޒީފާ ގެއްލި އަނިޔާ ލިބެމުންދާ ފަރާތްތަކަށް އޭގެ ބަދަލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވަމުން ”އަޅުގަނޑުމެންނަކީ ބަދަލު ހިފާނެ ބައެއް ނޫން. އަޅުގަނޑުމެން ބަދަލު މީހުންނަށް ހޯދައިދޭނަން“ އިބޫ ޞާލިޙް ވިދާޅުވިއެވެ.
އިބޫ ޞާލިޙް ފާހަގަ ކުރެއްވި ގޮތުގައި މިހާރު ސަރުކާރުގެ ވަޒީފާ ލިބެނީ ވަކި ފިކުރެއްގެ ވަކި ކުލައަކަށް ތާޢީދުކުރާ ބަޔަކަށް ކަމުގައެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރެއްގައި އެ ފިކުރު އަޅުގަނޑުމެން ބަދަލުކުރައްވާނެކަމަށާއި ”ވަކި ފިކުރަކަށް، ވަކި ކުލައަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ތަފާތުކުރުމެއްނެތި ހުޅުވާލާނަން“ ކަމުގައި ވިދާޅުވިއެވެ.
އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް މި އަރުވަނީ އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތަކީ ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުން