ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ފޯމު ހުށަހައްޅުއްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ފުރިހަމަ ތާޢީދާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް ކެންޑިޑަސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފޯމުތައް ހުށަހަޅުއްވާފައިވަނީ މިއަދު ހެނދުނު އެމްޑީޕީ އޮފީސް ކުރިމަތިން ފެށިގެން ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާއި، ޕާޓީތަކަށް ތާޢީދުކުރާ ފަރާތްތަކާއެކު ބޭއްވި ކުލަަގަދަ ހިނގާލުމަށްފަހުއެވެ.

ހިނގާލުމަށްފަހު އިލެކްޝަންސް ކޮމިޝަނުގައި ކޮމިޝަންގެ މެމްބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް އާއި ކެންޑިޑަސީ ފޯމު ހަވާލުކޮށްދެއްވީ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ރަނިންމޭޓް ފައިސަލް ނަސީމެއެވެ.