ހައިކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފައިވަނީ ރިޔާސީ އިންތިޚާބު ”ފިކްސް“ ކުރުމަށް – ސިޔާސީ ޕާޓީތައް

ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަންކޮށްފައިވާއިރު އެއީ ރިޔާސީ އިންތިޚާބާ އިންތިހާއަށް ގުޅިފައިވާ ކަމެއް ކަމުގައިވާތީވެ އެކަމާ މެދު ސިޔާސީ ޕާޓީތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ހުރިހާ މައްސަލައެއް ނިންމާ ތަނަކީ ހައިކޯޓުކަމުގައިވާއިރު، ރައީސް ޔާމީން ބޭނުންވާ ގޮތަށް، ބޭނުންވާ ނަތީޖާ ނެރެވޭނެ ގޮތަށް ހައިކޯޓު ”ފިކްސް“ ކުރީ ކަމުގައި ނިޔާޒު ތުހުމަތު ކުރެއްވިއެވެ. މިއީ އިންތިޚާބުގައި މަކަރު ހަދައި، އޮޅުވާލުމަށް ރައީސް ޔާމީން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކުރާ ކަމެއް ކަމުގައިވެސް ނިޔާޒު ވިދާޅުވިއެވެ.

ހައިކޯޓު ގަޑުބަޑުކޮށްގެން އިންތިޚާބަށް ހުރަސް އެޅިދާނެ ކަމުގައި ސަރުކާރުން ދެކިގެން ނުވާނެ ކަމަށާއި، މުޅި ދުނިޔެ މިހާރު އެ އަންނަނީ ރާއްޖޭގައި ހިނގާ ކަންކަން ބަލަމުން ކަމަށާއި ދިވެހި ރައްޔިތުންގެ ޙައްޤުތައް ގެއްލެމުން އަންނައިރު، ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމުގައި އަދާލަތު ޕާޓީގެ މީޑިޔާ ކޮމިޓީގެ ޗެއާ ޢަލީ ނަޒީރު ވިދާޅުވިއެވެ.

ހައިކޯޓަށް އައްޔަންކޮށްފައިވާ މުޙައްމަދު ފައިސަލްއަކީ ރައީސް ޔާމީން ކުރިން އުފެއްދެވި ޕީޕަލްސް އަލަޔަންސްގެ ސެކެޓްރީއެއްގެ މަޤާމުގައި ހުންނެވި ބޭފުޅެއްކަމަށާއި ފައިސަލް ހައިކޯޓަށް އައްޔަންކުރުމަކީ އިންިތޚާބަށް ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމުގައި ރައީސް މައުމޫންގެ ފަރާތުން ވާހަކަ ދެއްކެވި އާމިނަތު ނާދިރާ ވިދާޅުވިއެެވެ.