ޖަޒީރާ ރައީސް ކެމްޕެއިން ޕޯސްޓަރު ހަރުކުރުން ކުރިއަށް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރިޔާސީ ކެމްޕެއިން ޖަޒީރާ-ރާއްޖޭ ކެމްޕެއިން ހަރަކާތްތަށް މާލެއާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައިދަނީ ކުރިއަށެވެ. މާލޭގެ އެކިއެކި ހިސާބުތަކުގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރުން ކުރިއަށްދާއިރު އިއްޔެ ވަނީ މައްޗަންގޮޅީ ރީންދޫމާގޭ ކަންމަތީގައި ކުރިއަށްގެންގޮސައެވެ. މި ޖޫން މަހުގެ 26 ވަނަ ދުވަހު މާލޭގެ އެކި ހިސާބުތަކުގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތްފެށިގެންދިޔައިރު ފުލުހުން ވަނީ ޖަޒީރާ ރާއްޖެ ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތައް ހުރސްއަޅާ ގިނަ ޕޯސްޓަރުތަކެއް ނައްޓާލާފައެވެ.