އެމް.ޑީ.ޕީގެ އަމާޒަކީ އިސްލާމްދީނުގައި ބަޔާންކުރާ އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީ ރާއްޖޭގައި އަށަގެންނެވުން : ރައީސް މުޙައްމަދު ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ޕާޓީގެ މެމްބަރުންނާއި މުޙާތަބުކުރައްވާ ވިދާޅުވީ، މިއީ އެމްޑީޕީ އެންމެ ވަރުގަދަވާނެ އަހަރުކަމަށާއި އެމް.ޑީ.ޕީގެ އަމާޒަކީ އިސްލާމްދީނުގައި ބަޔާންކުރާ އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީ ރާއްޖޭގައި އަށަގެންނެވުންކަމަށެވެ. 13 އަހަރު ވެފައިފާ ސިޔާސީ ޕާޓީއެއްގެ މެމްބަރުންނަކީ ސިޔާސީގޮތުން ތަސައްރަފް ފުދިފައިވާ މެމްބަރުންކަމުގައި ވިދާޅުވެ ޕާޓީގެ މެމްބަރުންނަށް ތަހުނިޔާ އެމަނިކުފާނު ވިދާޅުވިއެވެ. ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެސީގެ ޙަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެއްކަމަށް ވެފައިވަނީ އެމް.ޑީ.ޕީގެ ފިކުރު އުފަންވި ހިސާބުންނެވެ. އެމް.ޑީ.ޕީ ރަސްމީކޮށް ސިޔާސީ ޕާރޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވަނީ 26 ޖޫން 2005 ގައެވެ.