ދިވެހި ރައްޔިތުންގެ ޑިމްކްރެޓިކް ޕާޓީގެ (އެމް.ޑީ.ޕީ)ގެ އާދަޔާ ޙިލާފް ކޮންގްރެސްގެ ލޯގޯ ރޭ އިފްތިތާހް ކޮށްފިއެވެ. މި ހިނގާ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އާދަޔާ ޙިލާފް ކޮންގްރެސްގެ ލޯގޯ ތާރަފް ކޮށްދެއްވީ ކޮންގްރެސް ކޮމިޓީގެ ޗެއާރ އަދި އެމް.ޑީ.ޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަޤާމް ފުރުއްވި އަލީ ހާޝިމެވެ. އެމްޑީޕީގެ އާދަޔާ ޙިލާފް ކޮންގްރެސްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯ ލޯންޗުކުރުމަށް ބޭއްވުނު މި ހަފްލާގައި އެމް.ޑީ.ޕީގެ ޗެއާރޕާރސަން ހަސަން ލަތީފް ވިދާޅުވީ، 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީގެ އާދަޔާ ޙިލާފް ކޮންގްރަސްގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ކުރިއައްދާނީ 29 ވާ ހުކުރު ދުވަހުގެ ހެނދުނު 8:30 އިން 10:00 ށް އަދި މެންދުރުފަހު 14:00 އިން 18:00 އަށް މާލޭގައި ހުންނަ އެމް.ޑީ.ޕީ މައި ހަރުގޭގައި ކަމަށެވެ. އަދި ރޭގަނޑު ރަޖިސްޓްރޭޝަން ކުރިއަށްދާނީ އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓްގެ މައި އިދާރާގައި 20:30ން 23:00ށް ކަމަށެވެ.