ޖަޒީރާ ރާއްޖެ ރިޔާސީ ކެމްޕެއިންއަށް ޑޯ ޓު ޑޯ ފެށުމަށް ހިތަދޫ މެދު ދާއިރާ އަދި ވިލިގިލީ ދާއިރާގެ ޕެޗް އެޖެންޓުން ކަނޑައަޅާ ޕެޗް ހަވާލުކޮށްފި

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ވަމުންގެންދާ ތައްޔާރީތަކުގެ ތެރެއިން ޖަޒީރާ ރާއްޖެ ކެމްޕެއިނަށް ހިތަދޫ މެދު ދާއިރާ އަދި ވިލިގިލީ ދާއިރާގެ ޕެޗް އެޖެންޓުން ކަނޑައަޅާ ޕެޗް ހަވާލުކޮށްފިއެވެ. ހ.ދ ވައިކަރަދޫ ދާއިރާގެ ނެއްލައިދޫ ޕެޗްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު ގ.ދ ތިނަދޫގައި ދޮރުން ދޮރަށް ޖަޒީރާ ރާޢްޖެ ކެމްޕެއިން ހިނގުންދަނީ ކުރިއަށެވެ.