2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ވަމުންގެންދާ ތައްޔާރީތަކުގެ ތެރޭގައި ޖަގަހަ / ހަރުގެ ހުޅުވުން ، ދޮރުންދޮރަށް ހިނގުމަށް ޕެޗް ފައިލްތަށް ތައްޔާރުކުރުން އަދި އެކިއެކި ދާއިރާތަކުގެ ފެންވަރުގައި ބައްދަލުވުންތަށް ދަނީ ހިންގަމުންނެވެ. އެގޮތުން ހ.އ އިހަވަންދޫގައި އިހަވަންދޫ ދާއިރާގެ ހަރުގެއެއް ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ރަށުގެ ރައްޔިތުން އަންނަނީ ކުރަމުންނެވެ. އިއްޔެ އާއި ރޭގައި ބޭއްވުނު އެކިއެކި ދާއިރާ ބްއްދަލުވުންތަކުގެ ތެރޭގައި ފުވައްމުލަކު ކެމްޕެއިން ހަރަކާތް ރޭވުމަށް ބޭއްވުނު ބައްދަލުވުމާއި އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެ ބައްދަލުވުން ފާހަގަކޮށްލެވެއެވެ.