މިހިނގާ ޖޫން މަހުގެ 29 އިން 30 އަށް އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި މިޕާޓީގެ ކޮންގްރެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ކޮންގްރެސް އަކީ 1000 އަށް ވުރެ ގިނަ ޑެލިގޭޓުންގެ އިތުރުން، 200 އަށް ވުރެ ގިނަ މެހެމާނުންނާއި ބޭރުގެ ޑިޕްލޮމެޓުންނާއި މީޑިޔާ އަދި އޮބްޒާވަރުން ބައިވެރިވާނެ ކޮންގްރެސްއެކެވެ. ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި 10 ސްޓޯލް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.
ވިމާ، ސްޓޯލް ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޖޫން 2018 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ޕާޓީގެ އީމެއިލް އެޑްރެސް seretariat@mdp.org.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ސްޓޯލް ދޫކުރުމުގައި މިޕާޓީގެ ސިޔާސަތުތައް ތަންފީޛުކުރާ ވިޔަފާރިތަކާއި ޖަމްޢިއްޔާ ޖަމާޢްތްތަކަށް އިސްކަންދެވޭނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އެމް.ޑީ.ޕީގެ ޗެއަރޕާރސަންގެ ނައިބު މާލީ އަޙްމަދު އަބްދުﷲ 7775685 އާއެވެ.