ރާޢްޖޭގެ އެކި ހިސާބުތަކުގައި ޖަޒީރާ ރާއްޖެ ކެމްޕެއިން ލޯންޗްކުރުމުގެ ހަރަކާތްތައް ހިންގައިފި

އެމް.ޑީ.ޕީގެ ރިޔާސީ ކެމްޕެއިން ލޯންޗްކުރުމަށް ރާޢްޖޭގެ އެކި ހިސާބުތަކުގައި ޖަޒީރާ ރާއްޖެ ކެމްޕެއިން ލޯންޗްކުރުމުގެ ހަރަކާތްތައް މިއަދާއި މިރޭ ހިންގައިފިއެވެ. މިގޮތުން ރާއްޖޭގެ ބައެއް ހިސާބު ތަކުގައި ޖަޒީރާ މަސްރޭސްގެ ނަމުގައި މަސް ބޭނުމުގެ ހަރަކާތެއްގެ އިތުރުން ރުއް އިންދުމުގެ ޕްރޮގްރާމެއް ވަނީ ކުރިއްށްގެންގޮސްފައެވެ. އަދި މީގެ އިތުރުންވެސް ގުޑި އެރުވުމާއި ރޯދަ ވީލުމެއް ކުރިއަށް ގެންދެވިފައިވެއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ މިޕާޓީގެ ރިޔާސީ ކެމްޕޭން އިފްތިތާޙްކުރުމުގެ ޖަލްސާ ވަނީ މިރޭ ބާއްވާފައެވެ. މިޖަލްސާވަނީ ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި އެއްގަޑިއެއްގަ ހިންގުނު ކުލަގަދަ ޖަލްސާއަކަށްވެގެންގޮސްފައެވެ.