އެމް.ޑީ.ޕީގެ ދާއިރާ މަޖިލިސްތައް މިރޭވެސް ކުރިއަށް ގެންގޮއްސި

އެމް.ޑީ.ޕީގެ ދާއިރާ މަޖިލިސްތައް މިރޭވެސް ކުރިއަށް ގެންގޮސްފިއެވެ. މިރޭ ބޭއްވުނު ދާއިރާ މަޖިލިސްތަކަކީ ވެލިދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، އަލިފުށީ ދާއިރާ، މަތިވެރީ ދާއިރާ، މާވަށު ދާއިރާ، ގައްދޫ ދާއިރާ، އޭދަފުށީ ދާއިރާ ، އައްޑޫ މީދޫ (މަރަދޫ ފޭދޫ ) ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ، ފުވައްމުލަށް މެދު ދާއިރާ، މިލަންދޫ ދާއިރާ، ނޮޅިވަރަމް ދާއިރާ، ކުޑަހުވަދޫ ދާއިރާގައެވެ. ދާއިރާ މަޖިލިސްތަކުގައި މަޝްވަރާކުރެވުނީ ކުރިއަށްއޮތް ރިޔާސީ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތްތަކާއި، މެނިފެސްޓޯގައި ހިމެނޭ ބައިތަކާއި އަދި މިމަހު ބާއްވަން ހަމަޖެހިފައިވާ ކޮންގްރެސް އާއި ގުޅޭގޮތުންނެވެ..