އެމް.ޑީ.ޕީގެ ދާއިރާ މަޖިލިސްތައް މިއަދާއި މިރޭވެސް ކުރިއަށް ގެންގޮއްސި

އެމް.ޑީ.ޕީގެ ދާއިރާ މަޖިލިސްތައް މިއަދާއި މިރޭވެސް ކުރިއަށް ގެންގޮސްފިއެވެ. މިއަދާއި މިރޭ ބޭއްވުނު ދާއިރާ މިޖިލިސްތަކަކީ ކެލާ ދާއިރާ ، ތޮއްޑޫ ދާއިރާ ، އިނގުރައިދޫ ދާއިރާ ، ގަލޮޅު ދެކުނު ދާއިރާ، ކޮމަންޑޫ ދާއިރާ ، މާފަންނު ދެކުނު ދާއިރާ ، ބާރަށު ދާއިރާ ، ކެޔޮދޫ ދާއިރާ ، ނިލަންދޫ ދާއިރާ ، މާފަންނު އުތުރު ދާއިރާ ، ގުރައިދޫ ދާއިރާ ، ވިލިމާލެ ދާއިރާ ، ފުވައްމުލަށް އުތުރު އަދި ދެކުނު ދާއިރާގައެވެ. ދާއިރާ މަޖިލިސްތަކުގައި މަޝްވަރާކުރެވުނީ ކުރިއަށްއޮތް ރިޔާސީ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތްތަކާއި، މެނިފެސްޓޯގައި ހިމެނޭ ބައިތަކާއި އަދި މިމަހު ބާއްވަން ހަމަޖެހިފައިވާ ކޮންގްރެސް އާއި ގުޅޭގޮތުންނެވެ.