ޖަޒީރާ ރައީސް ޕޯސްޓަރ ތައާރަފްކޮށްފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމް.ޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ 2018ގެ ރިޔާސީ ކެމްޕެއިން ޕޯސްޓަރު ތައާރަފްކޮށްފިއެވެ. މި ޕޯސްޓަރުގައިވާ މުހިންމު 5 ސިޔާސަތަކީ ނޫ އިޤްތިސާދު، އިންސާފް، ފަހުރުވެރި އާއިލާ ، ޖަޒީރާ ދިރިއުޅުން އަދި އޯގާތެރި ސަރުކާރެވެ. މިރޭ
އެމް.ޑީ.ޕީގެ މާލޭ ހަރުގޭގައި ކުރިއަށް ދިޔަ މި ހަފްލާގައި ކެމްޕެއިން ޕޯސްޓަރު ތައާރަފްކޮށްދެއްވާ އެމް.ޑީ.ޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް މިއަދަށްވުރެން ފާގަތި ދުވަސްތަކެއް ގުޅިފައިވާ އިއްތިހާދެއްގެ ސަރުކާރެއްގައި ގެނެސްދެވޭނެކަމަށެވެ. މިރޭގެ މި ހަފްލާގައި އެމް.ޑީ.ޕީގެ ޑެޕިއުޓީ ޗެއާރޕާރސަން އަލީ ނިޔާޒާއި އެމް.ޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒްވެސް ވާހަކަފުޅުދެއްކެވިއެވެ.