ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ 163 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ޕަޓީގެ އަސާސީ ޤަވާޢިދުގެ 24 ވަނަ މާއްދާއާއި 28 ވަނަ މާއްދާގެ ދަށުން ޖޫން 29 ވަނަ ދުވަހު އާދަޔާ ޚިލާފް ކޮންގްރެސްއެއް ބޭއްވުމަށް ހަމަޖެހިފައިވާތީ، ކޮންގްރެސްގެ އެންމެހައި ކަންކަން އިންތިޒާމްކޮކުރުމަށް 20 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މި ކޮމިޓީގެ ކަންކަން ވިލަރެސްކުރެއްވުމަށް ކޮމިޓީގެ ޗެއާއަކަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަ ޢަލީ ޙާޝިމް ވަނީ އައްޔަންކޮށްފައެވެ.
ޢަލީ ޙާޝީމަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ކޮންގްރެސްގެވެސް ޗެއާމަންއެވެ. އަދި ފާއިތުވީ އަހަރުތަކުގައި ޕާޓީގެ ސިޔާސަތު ކަނޑައަޅާ ކޮމިޓީގައި މަސައްކަތް ކުރައްވައި އެކިއެކި ހައިސިއްޔަތުން ޕާޓީއަށް ވަނީ އަގުހުރި ޚިދުމަތްތަކެއްކޮށްދެއް.ވަމުންގެންދަވާ ބޭފުޅެކެވެ.