މިމަހުގެ 29 އަދި 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޕާޓީގެ ކޮންގްރެސް ގައި ބައިވެރިވެވޭނީ ތިރީގައި ދަންނަވާފައިވާާ ގޮފިތަކަށް ކަމުގައި ދަންނަވަމެވެ.
ހ) 2017 ގައި ބޭއްވުނު ޗެއަރޕަރސަންގެ ނައިބުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ގޮފިތަކާ،
ށ) ކޮންގްރެސް ބާއްވަން ފާސްކުރި ޤަރާރު ފާސްކުރި ތާރީޚް، 31 މެއި 2018، އާ ހަމައަށް ރެޖިސްޓްރީވެފައިވާ ގޮފިތަައް
31 މެއި 2018އާ ހަމައަށް ރެޖިސްޓްރީ ވެފައިވާ ގޮފިތަކުގެ ތެރެއިން އިންތިޚާބު ބާއްވަވާފައި ނުވާ ގޮފިތަކަށް ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވޭނީ، 11 ޖޫންގެ 14:00 ގެ ކުރިން އިންތިޚާބު ބާއްވަވާ ނަތީޖާ ސެކްރެޓޭރިއަޓަށް އެންގެވުމުން ކަމަށް ދަންނަވަމެވެ. ވީމާ އިންތިޚާބު ބާއްވަވާފައިނުވާ ގޮފިތަކުން މިމުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަވާ ނަތީޖާ ލިޔުމުން (ސެކްރެޓޭރިއަޓަށް ފޮނުވޭ ސިޓީއަކުން ނުވަތަ secretariat@mdp.org.mv އަށް އީމެއިލް އަކުން) އެންގެވުން އެދެމެވެ.
4 ޖޫން 2018