2018 ވަނަ އަހަރުގެ ޖޫންމަހު 29 – 30 އަށް މިޕާޓީގެ ކޮންގްރެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިކޮންގްރެސް އިންތިޒާމްކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ވޮލަންޓިއަރުން (ދަރުމަވެރިން) ގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ބޭފުޅުންނަށް އެފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ކޮންގްރެސްގައި ވޮލަންޓިއަރ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންގެ ނަން 7 ޖޫންގެ ކުރިން secretariat@mdp.org.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.