ކޮންގްރެސް ( އާދަޔާ ޚިލާފް ) ނޯޓިސް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ 163 ވަނަ ޤައުމީ މަޖިލީހުގައި މި ޕާޓީގެ އަސާސީ ޤަވާޢިދުގެ 24 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބަޔާންކުރާ ކޮންގްރެސް (އާދަޔާ ޚިލާފް) 2018 ވަނަ އަހަރުގެ ޖޫން މަހުގެ 29 އަދި 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ.

ވީމާ، 2018 ވަނަ އަހަރުގެ ޖޫން މަހުގެ 29 އަދި 30 ވަނަ ދުވަހު އޮންނަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް (އާދަޔާ ޚިލާފް)ގެ ނޯޓިސް، އެ ބައްދަލުވުމުގައި ޙާޒިރުވުން ޙައްޤު އެންމެހާ މެމްބަރުންނަށް އަންގަމެވެ.