ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑި އިތުރުކުރުން

މިހިނގާ މެއި މަހުގެ 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް މިޕާޓީގެ ގިނަ ޢަދަދެއްގެ މެންބަރުން ޝައުޤުވެރިކަން ފާޅުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިޕާޓީ ޤަބޫލުކުރާ ގޮތުގައި ވޯޓު ލުމުގެ ފުރުޞަތު ވީހާވެސް ފުޅާކޮށް ހުޅުވާލެވިފައި އޮތުމަކީ ވޯޓު ލުމުގެ ޙައްޤު ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މުހިއްމު ކަމެކެވެ. އެހެންކަމުން، ވޯޓުލުމަށް ކުރިން ކަނޑައަޅާފައިވާ ގަޑިތަކަށް ވަގުތު އިތުރުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. އެގޮތުން ރާއްޖޭގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ 30 މެއި 2018 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އިން 00:00 އަށެވެ.

އަދި ދަންނަވަމެވެ. ރާއްޖޭގެ އެކިއެކި ސިނާޢީ މަސައްކަތްކުރާ ރަށްރަށުގައާއި ރިސޯޓުތަކުގައި މިޕާޓީގެ ގިނަ ޢަދަދެއްގެ މެންބަރުން ދަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން، އެފަރާތްތަކަށްވެސް ފަސޭހަކަމާއެކު ވޯޓު ލުމުގެ ޙައްޤު ބޭނުންކުރުމުގެ ފުރުޞަތު ލިއްބައިދިނުމަށްޓަކައި، އެފަދަ ތަންތަނުގައި ވޯޓު ނެގުމުގެ ކަންކަން އިންތިޒާމްކޮށްދެއްވުމަށް ޕާޓީއަށް އެހީތެރިވެވަޑައިގެންދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތައް 23 މެއި 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 16:00 ގެ ކުރިން ޕާޓީއަށް އެކަން އަންގަވައި ދެއްވުމަށް އެދޭ ވާހަކަ ދަންނަވަމެވެ.