އިއުލާން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ، މިޕާޓީގެ މަސްލަޙަތުގެ އިތުރުން ދިވެހިރާއްޖެއާއި، އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމަށް ނަޒަރުކޮށްގެން މިޕާޓީގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަމުންދާ ޕާޓީއެކެވެ. މިޕާޓީން އެންމެ އިސްކަން ދެނީ، ދިވެހި ރައްޔިތުންގެ މަސްލަޙަތު ހިމާޔަތް ކުރުމާއިއެކު، އަވައްޓެރި ޤައުމުތަކާއި ދިވެހިރާއްޖެއާއި އެކުވެރި އެންމެހާ ދަޢުލަތްތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި، އިންޑިޔާ ކަނޑުގެ ހަމަޖެހުމާއި ބައިނަލްއަޤްވާމީ ސުލްޙައަށް އިސްކަންދީ، ދިވެހިރާއްޖެއާއި މެދު އިތުބާރު އުފައްދައި ދިވެހި ދަޢުލަތުގެ އިސްތިޤުލާލު ދެމެހެއްޓުމަށެވެ.

މިޕާޓީއާ ބޭރުގެ އެކިއެކި ފަރާތްތަކާއެކު އޮންނަ ގުޅުން ޕާޓީގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެހެންކަމުން، ބޭރުގެ އެކިއެކި ފަރާތްތަކާއެކު ޕާޓީގެ އެކިއެކި މެންބަރުން ޕާޓީ ތަމްޞީލްކުރައްވައި ބައްދަލު ކުރައްވާއިރު، އެ ބައްދަލުވުމެއްގެ ކުރިން ޕާޓީގެ ސެކްރެޓޭރިއެޓަށް އެބައްދަލުވުމެއްގެ މަޢުލޫމާތު ދެއްވުމަށް މެންބަރުންގެ އަރިހުން އެދެމެވެ.