އިސްލަޙީ އަދި ސިޔާސީ މަސައްކަތްތަަކުގައި ހަރަކާތްތެރިވާ އަންހެނުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ”ހިތްވަރު“ ވީޑިއޯ

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަޙްނިޔާ ދިވެހި ހުރިހާ އަންހެނުންނަށް އަރިސްކުރަމެވެ. މި މުހިންމު ދުވަހު، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އުފެދުމުގައާއި، މި ދަތި އަދި ދިގު ދަތުރުގައި މި ޕަޓީއާއި ދިވެހިރާއްޖެއަށް އިންތިހާއަށް ބޭނުންވެފައިވާ އިސްލާޙީ ބަދަލުގެ ހުރިހާ ކަމެއްގައި ބައިވެރިވެ ހިއްސާވާ ފިސާރި އަންހެނުންނަށް ޝުކުރުއަދާކުރަމެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މަސައްކަތްކަތްތަކުގައާއި، ސިޔާސަތު އެކުލަވާލުމުގައާއި، ސިޔާސީ ކެމްޕޭންތަކުގައި އަދި ބޭނުންވި ކޮންމެ ދަނޑިވަޅެއްގައިވެސް ފަހަތަށް ނުޖެހި އިސްލާހީ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން ލިބެމުން އަންނަކަމީ މި ޕަޓީގެ ދިރުން ކަމުގައި ޤަބޫލުކުރަމެވެ. މި މަސައްކަތްތަކުގައި އަންހެނުން ބައިވެރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. އަދި އިންތިޚާބީ މަޤާމުތަކުގައިވެސް އަންހެނުންގެ ދައުރު އިތުރުވާންޖެހޭ ކަމުގައި އެމްޑީޕީން ދެކެެމެވެ. އެގޮތުން 2017 ވަނަ އަހަރުގެ އަންހެނުންެގެ ދުވަހާ ގުޅިގެން މި ޕަޓީން ވަނީ އިންތިޚާބުތަކުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންނަށް ކެމްޕޭން ފައިސާ ދޭނެކަމަށް ނިންމާފައެވެ. މީގެ އިތުރުން ސިޔާސަތު އެކުލަވާލުމުގައި އަންހެނުންގެ ހިއްސާ އެމްޑީޕީގައި ބޮޑުކަން ފާހަގަކޮށް އަދި މިހާރަށްވުރެވެސް ބޮޑަށް އަންހެނުންގެ ހިއްސާ އިތުރުކުރަން އެމްޑީޕީން މަސައްކަތް ކުރަމުންގެންދާނެއެވެ.

މިއަދު މި ހުށަހަޅާ ވީޑއޯއަކީ ސިޔާސީ އަދި އިސްލާޙީ މަސައްކަތްކުރަން ފެށުނު ގޮތާ، ޢާއިލީ ޒިންމާތަކާއި، ވަޒީފާގެ ބުރަކަމާއި އަދި މިނޫންވެސް އެތައް ކަންކަމަށް ވަގުތު ދެމުންވެސް މިފަދަ ކަންކަމަށް ވަގުތު ހުސްކުރާ ގޮތާއި، އަދި މިފަދަ ޙާލަތްތަކުގައި ހިތްވަރު ހޯދާ ގޮތާއި، މުސްތަޤްބަލުގައިވެސް މިފަދަ މަސައްކަތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ބުނަން ބޭނުންވާ ވާހަކައާ ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން ޕާޓީއާއި ސިޔާސީ އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެކިއެކި އަންހެނުންނާ ވާހަކަ ދައްކައި ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ.

ވީޑިއޯ