ލޯކަލް ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮމިޓީއެއް އެކުލަވާލައިިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ އަތޮޅުތަކާއި ރަށު ކައުންސިލަރުންނާއި ކައުންސިލްތަަކަށް އެހީތެރިކަން ފޯރުކޮށްދީ ޕާޓީގެ ސިޔާސަތުތަކަށް ކައުންސިލަރުން ހޭލުންތެރިކުރުވުމަށާއި އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ ޙައްލު ހޯދުމަށް އެހީތެރިވުމަށް ބުރާސްފަތިދުވަހު ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ކައުންސިލަރުން އިންތިޚާބުވެ އެ ކައުންސިލަރުންނަށް އެކިއެކި ގޮތްގޮތުން ދަތިތަކާ ކުރިމަތިވަމުން އަންނަކަން ފާހަގަ ކުރަމެވެ. ސަރުކާރުން ކައުންސިލަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ކަނޑުވާލާފައިވާކަމީ ކަންބޮޑުވާ ކަމެކެވެ.

ބުރާސްފަތި ދުވަހު އެކުލަވާލި ކޮމިޓީގެ ފަރާތުން ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި ޤާނޫނީ އެހީތެރިކަން، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ދެވޭ ފަންނީ އެހީތެރިކަން، ރަށުތަރައްޤީއަށް ބޭނުންވާ އެކިއެކި މަޝްރޫޢުތަކަށް އިންވެސްޓަރުން ހޯދައިދިނުމަށް މަސައްކަތް ކުރުން ފަދަ އެހީތެރިކަން ހިމެނެއެވެ.

މި ކަންކަމުގެ އިތުރުން ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އެ ކައުންސިލަރުންގެ ދާއިރާގައި ހިމެނޭ ޕާޓީގެ އާންމު މެންބަރުންނާއި ރައްޔިތުންނާ ދެމެދު ގާތް ގުޅުމެއް ބޭއްވުމަށް އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.

ބުރާސްފަތި ދުވަހު އެކުލަވާލި ކޮމިޓީގެ މެންބަރުން:

މުޙައްމަދު ޝިހާބު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް
މުޙައްމަދު އިޝާން ސަޢީދު
މުޙައްމަދު އަމީރު
ޢަބްދުﷲ ރަޝީދު
ހުދާ އަޙްމަދު
ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލް ކަރީމް
އަލްއުސްތާޛާ ހިސާން ހުސައިން
އަޙްމަދު އާދިލް
އަޙްމަދު މުޖުތަބާ
އަފްޝާން ލަޠީފް