ގޮފިލިސްޓް އާންމުކުރުން

އައު ގޮފި ހެދުމަށާއި ކުރިން ރަޖިސްޓްރީކުރެވިފައިވާ ގޮފިތައް ފުރިހަމަކޮށް ތަރުތީބުކުރުމަށް 10 ޖޫން 2017 ވަނަ ދުވަހު ކުރެވުނު އިއުލާނުގެ ދަށުން 16 ޖުލައި 2017 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުޞަތުގައި މި ޕާޓީއަށް އަލަށް ހުށަހަޅާފައިވާ ގޮފިތަކާއި ކުރިން ރަޖިސްޓްރީކުރެވިފައިވާ ގޮފިތަކުގެ ތެރެއިން ތަރުތީބުކުރެވި އަސާސީ ގަވާއިދުގައި ގޮތްޕެއްގައި ހިމެނެންޖެހޭ އެންމެ މަދު އަދަދަށް މެމްބަރުން ހަމަވާ ގޮފިތަކުގެ ނަންތައް ތިރީގައި އެވަނީއެވެ.
ވީމާ، ތިރީގައިވާ ގޮފި ލިސްޓުގައި އަލަށް ހުށަހެޅި ގޮތްޕެއް ނުވަތަ ރަޖިސްޓްރީކުރެވިފައިވާ ގޮތްޕެއް ހިމެނިފައިނެތްނަމަ އެ ގޮތްޕެއް ހުށަހެޅިކަން ނުވަތަ ރަޖިސްޓްރީކުރެވިފައިވާ ގޮތްޕެއްކަން އެނގޭނޭ ލިޔުމަކާއެކު 19 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 21:00 ގެ ކުރިން ޕާޓީގެ އޮފީހަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
އަދި މި ގޮފި ލިސްޓުގައި ހިމެނިފައިވާ ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބުތައް 24 ސެޕްޓެމްބަރު 2017 އިގެ ކުރިން ބޭއްވުމަށްފަހު ހިންގާ ކޮމިޓީތަކަށް އިންތިޚާބުވެވަޑައިގެންނެވި ފަރާތްތަކުގެ މަޢުލޫމާތު އެތާރީޚުގެ ކުރިން ޕާޓީގެ އޮފީހަށް ފޮނުއްވުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މި ގޮފި ލިސްޓްގައި ހިމެނޭ ގޮފިތަކުގެ މެމްބަރުންގެ ލިސްޓުތައް އެ ގޮފިތަކާ ހަވާލުކުރުމަށްޓަކައި އެ ގޮތްޕެއް ރަޖިސްޓްރީކުރެވިފައިވާ ދާއިރާއެއްގެ ދާއިރާ ރައީސުންނަށް ޕާޓީގެ އިދާރާއިން ފޮނުވަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ލިސްޓް ވިދާޅުވުމަށް މި ލިންކަށް ފިތާލާ