ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކޮށްފި

ގޮފިތަކުގެ ހިންގާ ކޮމެޓީތައް އިންތިޚާބުކޮށް 11 އޮގަސްޓް 2017 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން ޕާޓީ އޮފީހަށް އެކަން އެންގުމަށް ކޮށްފައިވާ އިޢުލާން ބާތިލްކޮށް ގޮފިތަކުގެ ހިންގާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުން ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

އަދި ގޮފިތަކުގެ ހިންގާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް ޕާޓީ އޮފީހުން ދުރާލާ ގޮފިތަކަށް އަންގާނެ ވާހަކަވެސް ދަންނަވަމެވެ.