މިރޭ ހޮލިޑޭއިން ގައި ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި އެމަޖިލީހުގެ ވީހާވެސް ގިނަ މެންބަރުން ބައިވެރިވެވަޑައިގެންނެވުމަށް ޗެއަރޕާސަން އެދިވަޑައިގަންނަވައިފި

10 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

mari

މިރޭ 9.30 ގައި ހޮލިޑޭއިން ގައި ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެމަޖިލީހުގެ ވީހާވެސް ގިނަ މެންބަރުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ އެދިވަޑައިގަންނަވައިފިއެވެ.
އެމްޑީޕީ މީޑިއާ ޔުނިޓަށް މަޢުލޫމާތުދެއްވަމުން މާރިޔާ ވިދާޅުވީ ” މިރޭގެ ޖަލްސާއަކީ ވަރަށް މުހިއްމު ޖަލްސާ އެއް. އެއީ މި ޖަލްސާއަކީ ދާއިރާތަކުން އަލަށް އިންތިޚާބުވެވަޑައިގެންނެވި ރައީސުން ބައިވެރިވާ ފުރަތަމަ ޖަލަސް. އަނެއްކާ އަޅުގަނޑުމެން މިރޭގެ ޖަލްސާ ޚާއްސަކޮށްފަ މިވަނީ ކުރިޔަށް އޮތް އެމްޑީޕީގެ ކޮންގްރެސްގެ ތައްޔާރީތަކަށް. އެހެން ކަމުން މި ޚާއްސަ ޖަލްސާއަށް ޤައުމީ މަޖިޅިހުގެ ވީހާވެސް ގިނަ މެންބަރުން ވަޑައިގެން ދެއްވުމަކީ އަޅުގަނޑުގެ ހަމަ ވަރަށް ބޮޑު އެދުމެއް” ކަމަށެވެ.
އެމްޑީޕީން މިރޭ ހޮލިޑޭ އިންގައި މިބާއްވާ ޤައުމީ މަޖިލީހުގެ ޖަލްސާގައި ކުރިން އެމަޖިލީހުގައި ތިއްބެވި 53 މެންބަރުންގެ އިތުރުން ދާއިރާތަކުގެ އިންތިޚާބުގައި އަލަށް އިންތިޚާބުވެވަޑައިގެންނެވި ރައީސުންނާ އެކު ޖުމްލަ 91 މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ޖަލްސާގައި ކޮންގްރެސްގެ އެޖެންޑާ ފާސްކުރުމާއި އެމްޑީޕީގެ އަސާސީ ޤަވައިދު އިޞްލާހު ކުރުމަށް ލަފާދޭ 5 މެންބަރުންގެ ކޮމިޓީގެ ރިޕޯޓް ފާސްކުރުމާމެދު ގޮތެއް ނިންމުން އޮންނާނޭ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.