MDP/2010-018
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ނައިފަރު ދާއިރާގެ ބައެއް މަޤާމްތަކުގެ އިންތިޚާބު އަލުން ބޭއްވުން
1 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ބައެއް މަޤާމްތަކުގެ ނަތީޖާއާއި ބެހޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށްފަހު ނައިފަރު ދާއިރާގެ ބައެއް މަޤާމްތަކުގެ ވޯޓުގެ ނަތީޖާއަށް ބަދަލު އަތުވެދާނޭފަދަ މައްސަލަތައްހުރި ކަމަށާއި، އެ މަޤާމްތަކުގެ އިންތިޚާބު އަލުން ބޭއްވުމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ މައްސަލަބަލާ ކޮމިޓީން ވަނީ ނިންމާފައެވެ.
ވީމާ، ނައިފަރު ދާއިރާގެ ރައީސްގެ ނައިބާއި، ސެކްރެޓަރީއާއި، އިންތިޒާމް ސެކްރެޓަރީގެ މަޤާމަށް ބޭފުޅުން އައްޔަންކުރުމަށް އަލުން އިންތިޚާބު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
މީގެ އިތުރުން މައްސަލަ ހުށަހެޅިފައިވާ ތުލުސްދޫ ދާއިރާއާއި، ތޮއްޑޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒް ފޯރާވަރުގެ މައްސަލައެއް ހުށަހެޅިފައި ނުވާތީ އެދާއިރާތަކުގެ މިހާރުގެ ނަތީޖާއަކީ ދާއިމީ ސައްހަ ނަތީޖާކަމުގައި ވެސް އެމްޑީޕީގެ އިންތިޚާބާއި ބެހޭ މައްސަލަބަލާ ކޮމިޓީގެ ލަފާގެ މަތިން ވަނީ ނިންމާފައެވެ.
ވިމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ފޯން: 3340044 ފެކްސް: 3322960 ވެބަސައިޓް: www.mdp.org.mv
10 އޮކްޓޯބަރ 2010