އިޢުލާން: އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު ބައެއް ދާއިރާތަކުގައި އަލުން ބޭއްވުމާއި ބެހޭ

MDP/2010-016

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު ބައެއް ދާއިރާތަކުގައި އަލުން ބޭއްވުމާއި ބެހޭ

1 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ބައެއް މަޤާމްތަކަށް ކުރިމަތިލެއްވި ފަރާތްތަކަށް ދާއިރާގެ މެންބަރުންގެ 10 އިންސައްތަ ތާޢީދު ލިބިފައި ނުވާތީ އެ މަޤާމްތަކަށް އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
ވީމާ، ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލެއްވުމަށް އެދިލައްވާ ބޭފުޅުން 13 އޮކްޓޯބަރު 2010 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ސިޓީއަކުން އެކަން އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށަހެޅުއްވުން އެދެމެވެ.
1. ހުޅުހެންވެއިރު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާގެ ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި އިންތިޒާމް ސެކްރެޓަރީ
2. މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު އުތުރު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާގެ ރައީސްގެ ނައިބު، ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި އިންތިޒާމް ސެކްރެޓަރީ
3. ބާރަށު ދާއިރާގެ އިންތިޒާމް ސެކްރެޓަރީ
4. ކެނދިކުޅުދޫ ދާއިރާގެ ސެކްރެޓަރީ އަދި ސެކްރެޓަރީގެ ނައިބު
5. ނިލަންދޫ ދާއިރާގެ ސެކްރެޓަރީ އަދި ސެކްރެޓަރީގެ ނައިބު
ފޯން: 3340044 ފެކްސް: 3322960 ވެބަސައިޓް: www.mdp.org.mv
10 އޮކްޓޯބަރ 2010