10-10-10 ފާހަގަކުރުމުގެ ގޮތުން ގިނަ ބަޔަކު އެމްޑީޕީއާ ގުޅެމުން އެބަދޭ

10-10-10

މިއަހަރުގެ ތެރޭގައި އަންނަ އެންމެ ރީތި ތާރީޚް ކަމަށްވާ 10-10-10 ފާހަގަކުރުމުގެ ގޮތުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅެމުން އެބަދެއެވެ.
މިގޮތުން މިއަދު ހެނދުނު 10.30 އާ ހަމައަށް 50 ވަރަކަށް ފޯމު ފުރާފައިވެއެވެ. ފޯމު ފުރަން އަންނަ ފަރާތްތަކުން ބުނަނީ ކުރިން އެމްޑީޕީއާ ގުޅުމަށް ނިންމާފައިވީ ނަމަވެސް މިއަދު ގެ މި ރީތި ތާރީޚުގައި ފޯރމް ފުރުމަށްޓަކައި މަޑުކޮށްގެން ތިބީ ކަމުގައެވެ. ގދ. ގައްދޫ ޒުވާނުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވަނީ މިއަދު 10 ގަޑި 10 މިނެޓް 10 ސިކުންތުގައި އެމްޑީޕީ އޮފީހުގައި އެޕާޓީގެ ފޯމުފުރާފައެވެ.