އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މާދަމާރޭ ކަލާފާނު ސްކޫލުގައި

22 ޑިސެމްބަރ 2009

އެމްޑީޕީގެ ވަރަށް ޚާއްސަ ޖަލްސާއެއް 23 ޑިސެމްބަރ 2009 ވާ ބުދަ ދުވަހުގެރޭ (މާދަމާރޭ) 9.00 ގައި ކަލާފާނު ސްކޫލުގައި އޮންނާނެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ވާހަކަފުޅު ދައްކަވާނެއެވެ.
ވީމާ މިޖަލްސާގައި އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދޭ ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.