ކ.ގުރައިދޫގެ 121 މީހަކު އެމްޑީޕީއަށް ވަނުމަށް ސޮއިކޮށްފި

15 ޑިސެމްބަރ 2009

މެދު އުތުރު ޕްރޮވިންސްގެ ކ.ގުރައިދޫގެ 121 މީހަކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) އަށް ވަނުމަށް ސޮއިކޮށްފިއެވެ.

ދާދި ފަހުން މެދު އުތުރު ޕްރޮވިންސްގެ މަރުކަޒީ ރަށް ކަމަށްވާ ކ.މާފުށީގެ 304 މީހަކު ވެސް ވަނީ އެމްޑީޕީއަށް ވަނުމަށް ސޮއިކޮށްފައެވެ.

ކ. ގުރައިދޫއިން ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ވަނުމަށް ސޮއިކޮށްފައިވާތީ އެރަށުގެ ރައްޔިތުންނަށް އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލް އަހުމަދު ޝާހިދު ވަނީ މަރުހަބާ ވިދާޅު ވެފައެވެ. މީގެ އިތުރުން ޕާޓީގެ މެންބަރޝިޕް އިތުރުކުރުމަށް ރަށްރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ މެންބަރުންނަށާއި ޕާޓީ އޮފީހުގައި ރެޖިސްޓްރޭޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރެޖިސްޓްރާ ޖެނެރަލް ޝުކުރު އަދާކުރެއްވިއެވެ.

ފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅެމުންދާ ކަން އެމްޑީޕީން އުފަލާ އެކު ފާހަގަ ކުރެއެވެ.
މި ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސްގައި ރަޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 28996 އެވެ.