އެމްޑީޕީ މަނަދޫ ކައުންސިލްގެ ޕްރައިމަރީ މާލެ އާއި މަނަދޫގައި ބާއްވައިފި

8 އޮކްޓޯބަރ 2010

ލޯކަލްކައުންސިލް އިންތިޚާބުގައި މަނަދޫ ދާއިރާގެ އެމްޑީޕީ އަތޮޅު ކައުންސިލްގައި މަނަދޫއިން ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓުލުން މާލެ އާއި މަނަދޫގައި މިއަދު ބާއްވައިފިއެވެ.
މިޕްރައިމަރީ ބޭއްވީ އެމްޑީޕީގެ ފަރާތުން މަނަދޫ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ނ. މަނަދޫ ހިޔާ މުޙައްމަދު މާހިދު މޫސާފުޅާއި ނ. މަނަދޫ ސޯސަންގެ ޙަސަން ޒަރީރު އާ ދެބޭފުޅުންގެ ތެރެއިން ކުރިއަށް އޮތް ލޯކަލް އިންތިޚާބުގައި އެމްޑީޕީގެ ދެކެންޑީޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކު ހޮވުމަށްޓަކައެވެ. މާލޭގައި ހުންނަ އެމްޑީޕީ ހަރުގެ އާއި މަނަދޫގައި ހުންނަ އެމްޑީޕީ ޖަގަހަގައި ކުރިއަށް ގެންދާ މިއިންތިޚާބުގައި ވޯޓުލާފައިވަނީ މަނަދުއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި މަނަދޫގެ ބޭފުޅުންނެވެ.
މަނަދޫގެ އެމްޑީޕީ މެންބަރުން ބޭއްވި މިއިންތިޚާބު ކުރިޔަށްދިޔައީ މިއަދު މެންދުރުފަހު 2.30 އިން ފެށިގެން ރޭގަނޑު 7.30 އާ ހަމައަށެވެ .