އެމްޑީޕީގެ ކޮމިޓީތަކުގެ ބައްދަލުވުމެއް ބާއްވައިފި

7 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުރިހާ ކޮމިޓީތަކުގެ ޚާއްސަ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓްގެ ފުރަތަމަ ފަންގިފިލާގައި މިއަދު ހެނދުނު ބޭއްވި މިބައްދަލުވުމުގައި އެމްޑީޕީގެ ޤައުމީ އިންތިޚާބާ ބެހޭ ކޮމިޓީއާއި، ފަންޑްރައިސިންގ ކޮމިޓީއާއި، ހަރުގެ ކޮމިޓީއާއި، ކޮންގްރެސް ކޮމިޓީއާއި، ކެމްޕެއިން ކޮމިޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެން އެކޮމިޓީތަކުން މިހާރު އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްތަކާއި، އެކޮމިޓީތަކުގެ މަސައްކަތްތަކަށް ދިމާވެފައިވާ ދަތިތަކާއި ބެހޭ މައުލޫމާތު ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާ ހިއްސާކޮށްލެއްވިއެވެ.
މި ބައްދަލުވުމުގައި ޗެއަރޕާސަން ދެއްކެވި ވާހަކަފުޅުގައި ކޮމިޓީތަކުގެ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު އެކޮމިޓީތަކުން ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެކޮމިޓީތަކުގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމްޑީޕީގެ އެންމެ މުހިންމު ގުނަން ކަމަށްވާޤައުމީ މަޖިލީހަށް ހުރިހާ ބޭފުޅުންވެސް ގަޑިއަށް ވަޑައިގެން ޤައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންދެއްވުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވެސް ޗެއަރޕާސަން ވާހަކަފުޅުދެއްކެވިއެވެ.