ދެންނެވުން: އެމްޑީޕީގެ ވަރަށް ޚާއްސަ ޖަލްސާ އެއް އާޓިފިޝަލް ބީޗްގައި

އެމްޑީޕީގެ ވަރަށް ޚާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލް ބީޗްގައި އޮންނާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް މަރުހަބާ ދެންނެވުމަށް ބާއްވާ ވަރަށް ޚާއްސަ ޖަލްސާ އެއް 7 އޮކްޓޯބަރ 2010 ވާ ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލް ބީޗްގައި އޮންނާނެއެވެ.
ބުރާސްފަތި ދުވަހުގެރޭ 8.45 ގައި ފެށޭ މި ޚާއްސަ ޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި މިޕާޓީގެ ސަޕޯޓަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެވަޑައިގެން ދެއްވުމަކީ މިޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.
-ޝުކުރިއްޔާ-