ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ބިލަށް ގެނެވުނު އިޞްލާޙުތަކާއި އެކު އެ ބިލް ފާސްކުރައްވައިފ

6 އޮކްޓޯބަރ 2010

majlis4-300x201

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ބިލަށް ގެނެވުނު ހަތަރު އިޞްލާޙާއި އެކު ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރައްވައިފިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި މަޖިލީހުގެ ޤަވާއިދުގައި ވާ ގޮތުގެ މަތިން މި ބިލް ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައި ވެއެވެ.
މިއަދުގެ ޖަލްސާގައި ދޫންޏާއި ޖަނަވާރު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވާލައްވައި، ކުރިއަށް އޮތް މަޖިލީހުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމަށް ތައްޔާރުވެފައިވެއެވެ.
އަދި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހެޅުއްވި އިޞްލާޙުގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ގެންދެވިއެވެ. މި އިސްލާޙަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ޖަދުވަލް 2 ގައި ބަޔާންކޮށްފައިވާ ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަންޑު އިސްލާޙުކުރުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެކެވެ.