މަޖިލިސް ޚަބަރު: ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާ ބާއްވައިފ

ަ6 އޮކްޓޯބަރ 2010

1-450-x-301

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާ އިއްޔެ ބާއްވައިފިއެވެ.
އިއްޔެގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައިވާތީ، “ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް” ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވުމުގެ މައްސަލައަށް މެންބަރުން ފުޅާދައިރާއެއްގައި ބަހުސްކުރެއްވުމަށްފަހު އެމައްސަލަ އިތުރަށް ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުންވަނީ ފާސްކުރައްވާފައެވެ.
ދޫންޏާއި ޖަނަވާރު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ބިލު އިއްޔެގެ ޖަލްސާއަށްހުށަހަޅުއްވާ އެބިލުގެ ބަހުސް ވަނީ ފައްޓަވާފައެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލުގެ އިބްތިދާއީ ބަހުސް އިއްޔެގެ ޖަލްސާގައި ނިންމަވާލައްވާ އެބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އެއްހުމާއިހަމަޔަށްވަނީ ގޮސްފައެވެ. މީގެ އިތުރުން ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ބިލު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައ،ި އެބިލަށް މެންބަރުން އިޞްލާޙުތައްވެސް ހުށަހަޅުއްވާފައިވެއެވެ.