5 އޮކްޓޯބަރ 2010
ދިވެހި ރާއްޖެއަށް 400 ގެ ދެއްވާނެކަމަށް އިންޑިޔާ ސަރުކާރުން ވަޢުދުވެވަޑައިގަންނަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، އިންޑިޔާގެ ނިއުދިއްލީގައި މިހާރު ހިނގަމުންދާ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރާއެކު އެމަނިކުފާނު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އިންޑިޔާއިން ދިވެހިރާއްޖެއަށް 400 ގެ ދެއްވާނެކަމަށް ބޮޑުވަޒީރު ވިދާޅުވި ކަމަށާއި، އަންނަ ނޮވެމްބަރު މަހުގެތެރޭގައި އެކަމުގެ މިކަން ފެނިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިޔާގެ ރައީސާއާއި ބޮޑުވަޒީރުގެ އިތުރުން އިންޑިޔާގެ ބައެއް ބޮޑެތި އިންފްރާސްޓްރަކްޗަރ ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމުގައި އޮތް އެންމެ ރަނގަޅު ގޮތްތަކާބެހޭގޮތުން އެބޭފުޅުންނާއެކު މަޝްވަރާކުރެއްވި ކަމަށެވެ.