5 އޮކްޓޯބަރ 2010
ލިޔުނީ: ރާމިޒް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް މަރުހަބާދެންނެވުމަށް އެޕާޓީގެ ޚާއްސަ ޖަލްސާއެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ އޮފީހުން ބުނެފިއެވެ.
އެމްޑީޕީއާ މިފަހުން އަލަށް ގުޅިވަޑައިގެންފައިވާކަން މީޑިއާގައި ހާމަކުރައްވާފައިވާ މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އަދި މަރަދު ދާއިރާގެ މެންބަރު ޙަސަން އާދިލްއެވެ.
އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުންނަށް މަރުހަބާ ދެންނެވުމަށް އެޕާޓީން ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ އޮންނާނީ 7 އޮކްޓޯބަރ 2010 ވާ ބުރާސްފަތި ދުވަހުގެރޭ އާޓިފިޝަލް ބީޗްގައި ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.