5 އޮކްޓޯބަރ 2010
ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު މަހިބަދޫ ދާއިރާގެމެންބަރު ރުޤިއްޔާ މުޙައްމަދު އިއްޔެއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވައިފިއެވެ.
މިބިލުގައި ޖަލު ހިންގާނެ ގޮތާއި، ޖަލުގައި ކުށްވެރިން ބައިތިއްބާނެ ގޮތާއި، ޖަލު ހިންގާ މީހުންނަށް ލިބިދޭ ބާރުތަކާއި ކުށްވެރިންނާއިމެދު ޖަލުގައި ޢަމަލުކުރާނޭ ގޮތާއި ކުށްވެރިންނަށް ލިބިދޭ ހައްޤުތަކާއިޢިނާޔަތްތައް ބަޔާންކޮށްފައިވެއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ،
ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމެއް ކަމުގައި ހެދުމާއި،”މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް” ގެ ނަމުގައި ވަކި ޚިދުމަތެއް އުފައްދައި، އެ ސަރވިސް ހިންގަމުންގެންދާނެ އުސޫލުތައް ކަނޑައެޅުމާއި،ޤައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެށްޓެއް ޤާއިމުކުރުމާއި،ޤައިދީންނަށް ތަފާތު އެކި ރޮނގު ރޮނގުން ތަމުރީނުދީ، އެކިއެކި ހުނަރު ދަސްކޮށްދިނުމުގެ އިތުރުން ކުށްވެރިން ކުށްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢުއަށް އަނބުރާ ގެނައުމަށް ބާރުއެޅުން ކަމުގައި މިބިލު ހުށަހަޅުއްވަމުން ރުޤިއްޔާ ވިދާޅުވިއެވެ..