ޕާޓީގެ ގޮފިތައް ފުރިހަމަކުރުމާއި އައު ގޮފި ހެދުމާ ބެހޭ

2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު 15-17 އަށް މިޕާޓީގެ 4 ވަނަ ކޮންގްރެސް ބޭއްވުމަށް 1 ޖޫން2017 ވަނަ ދުވަހު ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ފާސްކޮށްފައެވެ. މިޕާޓީގެ އަސާސީ ޤަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންވާ ޕާޓީގެ ގޮފިތަކުގެ ރައީސުން ކަނޑައެޅުމަށްޓަކައި މިހާރު ރަޖިސްޓްރީކުރެވިފައިވާ ގޮފިތައް ފުރިހަމަކުރުމަށާއި އަލަށް ގޮފި ހެއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު 16 ޖުލައި 2017 އާ ހަމައަށް ހުޅުވާލެވިފައިވާކަން އިޢުލާނުކުރަމެވެ.
މި މުއްދަތުގައި އަލަށް އުފައްދާ ގޮފިތަކާއި މިހާރުވެސް ރަޖިސްޓްރީކުރެވިފައިވާ ގޮފިތަކުގެ މެމްބަރޝިޕް ފުރިހަމަކުރުމަށްފަހު ހުށަހެޅޭ ގޮފިތައް ޕާޓީގެ އިދާރާއިން ޗެކްކުރުމަށްފަހު ގޮފި އުފެއްދި/ފުރިހަމަކުރި ފަރާތްތަކަށް އެކަން އަންގާނެއެވެ. އަދި އެއަށްފަހު ގޮފީގެ ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް އެގޮތްޕަކަށް އަންގާނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. 2017 ސެޕްޓެމްބަރ 15-17 އަށް ބޭއްވޭ މި ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ 16 ޖުލައި 2017 ގެ ކުރިން މި ޕާޓީއަށް އަލަށް ރަޖިސްޓްރީކުރެވޭ ގޮފިތަކާއި އެ މުއްދަތުގެ ކުރިން މެމްބަރޝިޕް ފުރިހަމަކުރުމާއެކު އަދި 31 ޖުލައި 2017 ގެ ކުރިން ހިންގާ ކޮމިޓީ އިންތިޚާބުކުރާ ގޮފިތަކުގެ ރައީސުންނަށެވެ.

ނޯޓު: ގޮފި ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންވާނީ މިއިޢުލާނާ އެޓޭޗްކުރެވިފައިވާ ފޯމުންނެވެ.

ގޮފި ޤަވައިދު

ގޮފި އުފައްދާ އިގުރާރުވާ ފޯމު