ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްފާޟިލާ ޖަމީލާ ޢަލީ ރައީސް މުޙައްމަދު ނަޝީދާއި ޖޮއިންޓް އޮޕޮޒިޝަންގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
ރާއްޖޭގައި އިންސާނީ ޙައްޤުތަަށް ދަށު ދަރަޖައަކަށް ވައްޓާލާފައިވާކަމާއި ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތަކާއި ސަރުކާރުން ޝާމިލްވެގެން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ މައުލޫމާތު ޖަރުމަނު ސަރުކަރާއި އެމްބެސެޑަރ ބައްދަލުކުރައްވާ އެހެނިހެން ފަރާތްތަކާ ހިއްސާކޮށްދެއްވައި އެކަން ހުއްޓުވައި ދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެމްބެސެޑާރ އަރިހުގައި ރައީސް މުޙައްމަދު ނަޝީދާއި އޮޕޮޒިޝަންގެ ވަފްދު އެދިވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވީ ދިވެހިރާއްޖޭގައި ކަންކަން ގޯސްވެފައިވާ ކަމުގެ ކަންބޮޑުވުންތައް އެކަމަނާއާ ބައްދަލުކުރައްވާ ހުރިހާ ފަރާތްތަކުންވެސް ހިއްސާކުރައްވާ ކަމުގައެވެ.