2016 އެމް.ޑީ.ޕީ ގެ އަހަރީ ހިސާބު އާއްމު ކުރުން

ސިޔާސީ ޕާޓީ ތަކުގެ ޤާނޫގައި ބުނާ ޕާޓީ ތަކުގެ އަހަރީ ހިސާބް އެމް.ޑީ.ޕީ އިން އާއްމުކޮށްފިއެވެ. ކުރީ އަހަރުތަކޭކޭ އެއްފަދައިން 2016 ވަނަ އަހަރުވެސް އެމް.ޑީ.ޕީ ގެ އަހަރީ ހިސާބު އޮޑިޓްކޮށްފައިވަނީ ބައިނަލް އަޤްވާމީ އޮޑިޓް ފާރމް އެއްކަމަށްވާ އާންސް އެންޑް ޔަންގް ( އީ އެންޑް ވައި) އޮޑިޓް ފާރމް އިންނެވެ. އަހަރީ ހިސާބު ތައް އޮޑިޓްކުރުމަށްފަހު އޮޓިޑަރު ދެއްވާފައިވާ ރައުޔުގައިވަނީ 2016 ވަނަ އަހަރު އެމް.ޑީ.ޕީ ގެ ހިސާބަތައް ބެލެހެއްޓުމުގައި ބައިނަލް އަޤްވާމީ އެކައުންޓިން މިންގަނޑުތައް ހިފަހައްޓާވާކަމަށާއި މި ހިސާބުތަކުން ޕާޓީގެ މާލީ ހާލަތު ރަނގަޅަށް ބުނެދޭ ކަމަށެވެ. 2016 ވަނަ އަހަރު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ފަސްކޮށް ދިގުދައްމަމުން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބްގެ ހަރަކާތްތަކަށެވެ. އެގޮތުން 2016 ވަނަ އަހަރު ނިމުނު އިރު 2.3 މިލިއަން ރުފިޔާ ކައުންސިލް އިންތިޚާބްއަށް ޚަރަދުކޮށްފައިވެއެވެ. ދެން އެންމެ ގިނަ ޚަރަދުހިނގާފައިވަނީ މުއައްޒިފުންގެ މުސާރަ އާއި އިމާރާތުގެ ކުއްޔަށެވެ. އެގޮތުން މުސާރައާއި އިމާރާތުގެ ކުލީގެ ގޮތުގައި2.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރު އެމް.ޑީ.ޕީ އަށް ލިބިފައިވަނީ 10 މިލިއަން ރުފިޔާއެވެ. އެއީ ދައުލަތުން ސޔާސީ ޕާޓީ ތަކަށް ދޫކުރި ފައިސާއިން ލިބުނު 7.3 މިލިއަން ރުފިޔާ އާއި އެކި ގޮތްގޮތުން އެހީގެ ގޮތުގައި ޕާޓީގެ މެމްބަރުނާއި ހެޔޮއެދޭ ފަރާތްތަކުން ލިބުނު 2.7 މިލިއަން ރުފިޔާއެވެ. މި ރިޕޯޓް މިހާރުވަނީ އިލެކްޝަން ކޮމިޝަން އަށާއި އޮޑިޓް އޮފީހަށް ވެސް ހުށައަޅާފައެވެ.

30 މެއި 2017

2016 އެމް.ޑީ.ޕީ ގެ އަހަރީ ހިސާބު އާއްމު ކުރުން