ސިންގަޕޫރުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

3 އޮކްޓޯބަރ 2010

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ޝިއެން ލޫންގގެ މަންމާފުޅު މެޑަމް ކްވާ ގޮކް ޗޫ އަވަހާރަވުމާ ގުޅިގެން، ބޮޑުވަޒީރު ލީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ލީއަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، ބޮޑުވަޒީރު ލީގެ ލޮބުވެތި މަންމާފުޅު އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައިކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އިޚްލާޞްތެރި ތަޢުޒިޔާ ބޮޑުވަޒީރުގެ ލީއަށާއި އެމަނިކުފާނުގެ ޢާއިލާއަށާއި، ސިންގަޕޫރުގެ ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.