ރައީސުލްޖުމްހޫރިއްޔާ، ފިންލޭންޑް ސަފީރާ މިއަދު ބައްދަލުކުރައްވައިފި

3 އޮކްޓޯބަރ 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފިންލޭންޑް ސަފީރު މިޒް ތެރީ ހަކަލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ މި އަހަރު މާޗް މަހު ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި ފިންލެންޑް ސަރުކާރުގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ކުރެއްވި ބައެއް ކަންތައްތަކާ ބެހޭގޮތުން ސަފީރާއާއެކު އިތުރަށް މަޝްވަރާކުރެއްވިއެވެ. މި ގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި އިޢާދަކުރަނިވި ހަކަތައާއި އިންސާނީ ޙައްޤުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.