މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ ޕަބްލިކް ލިމިޓެޑްގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވައިފި

3 އޮކްޓޯބަރ 2010

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބަދަލުގެންނަވައިފިއެވެ. މިގޮތުން ގެންނެވި ބަދަލުގައި، އެބޯޑަށް ސަރުކާރުން ޢައްޔަން ކުރައްވާ މެންބަރު ކަމަށް ގަލޮޅު ހައްދުންމަތީދެކުނުގޭ ޙުސައިން ޢަމްރު ހަމަޖެއްސެވިއެވެ.

މިގެންނެވި ބަދަލާ ގުޅިގެން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ، މައްޗަންގޮޅީ ވަހާރި ޙުސައިން ޙިލްމީއާއި، މައްޗަންގޮޅީ ފޮސީތިއާ މުޙަންމަދު ޝަފީޤާއި، ގަލޮޅު ހައްދުންމަތީދެކުނުގޭ ޙުސައިން ޢަމްރާއި، ޏ. ފުވައްމުލަކު އަޖުމީރު ޢަބްދުއްނާޞިރު މުޙަންމަދާއި، ގަލޮޅު ހެލެނގެލި ޝަފީނާޒް ޢަބްދުއްސައްޠާރާއި، މާފަންނު ފުރަހަނިއާގެ ޢަބްދުﷲ ޝާޢިރެވެ.