3 އޮކްޓޯބަރ 2010
އަޕަރ ސައުތު ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެކުލަވާލައްވައިފިއެވެ.
ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސެވީ، ގދ. ގައްދޫ ކަފިދޫގޭ މުޙަންމަދު ޝަހީދެވެ. މި ބޯޑަށް ހަމަޖެއްސެވި އެހެން ބޭފުޅުންނަކީ، ގދ. ތިނަދޫ ނާރެސް އަޙްމަދު ސަރުވާޝް އާދަމާއި، ގއ ކޮލަމާފުށީ އުތުރުގޭ ފަޒްނާ ޢަބްދުއްޞަމަދާއި، ގދ. ތިނަދޫ ގްރީންވިލާ ޢަބްދުލްޢަޒީޒް ރިފާޢުއާއި، ގދ. މަޑަވެލި އަތަމާގޭ ޝާފީ އާދަމާއި، ގދ. ތިނަދޫ ކޯންފްލޭކްސް ޑޮކްޓަރ އިސްމާޢީލް ޒާހިރާއި، ގއ. ވިލިނގިލި ދަންވަރުގޭ ޖިހާދާ ޢަލީއެވެ.