އިއްޔެ އެމް.ޑީ.ޕީން ބްރޯޑްކާސްޓިންގ ކޮމިޝަނަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ފޮނުވި ސިޓީގައި އެދިފައިވަނީ ސިޔާސީ ހުރިހާ ޕާޓީތަކެއްގެ ޙަރަކާތްތައް ހަމަހަމަކަމާއެކު ދައުލަތުގެ މީޑިއާއިން ގެނެސްދިނުމަށް ޕީއެސްއެމްއަށް އަންގަވައިދެއްވުމަށެވެ. ސަބަބަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް ދައުލަތުގެ މީޑިއާއިން މިހާރު ހަމައެކަނި ގެނެސްދެނީ ސަރުކާރު ހިންގާ ޕީޕީއެމްގެ ހިންގާ ކެމްޕެއިން ޙަރަކާތްތަކެވެ.