ޢަބްދުﷲ ޔާމިންގެ ސަރުކާރުން ފާފު އަތޮޅު ވިއްކާލުން ވަގުތުން ހުއްޓާލުމަށް އެމް.ޑީ.ޕީ އިން ގޮވާލުން

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ފާފު އަތޮޅު ވިއްކާލުން ވަގުތުން ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ސަރުކާރަށް ގޮވާލަމެވެ.

ރައްޔިތުންގެ ރުހުމާ ދެކޮޅަށް ދިވެހިރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކުމަށް އެމް.ޑީ.ޕީ އިން ދެކޮޅު ހަދަމެވެ.

ފާފު އަތޮޅު ރައްޔިތުން އިންތިހާއަށް ދެކޮޅު ހަދަމުން ދާއިރު، އަދި އަނދިރީގައި އެ މުޢާމަލާތް ހިންގާ ހިންގުމަކީ އެކަމުގައި ފޮރުވިގެންވާ ސިއްރުތަކެއް އެކުލެވޭ، އަދި އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ރައްޔިތުންނަށް ލިބިގެންދާނޭ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން އެފަދަ މުޢާމަލާތްތަކަކީ ބާތިލު މުޢާމަލާތްތަކެއްކަމަށާއި، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި އެފަދަ ތަންތަން އަނބުރާ ރައްޔިތުންނަށް ލިބިދެވޭނޭ ގޮތަށް ޢަމަލުކުރެވޭނޭކަމުގައި ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 22 ފެބްރުއަރީ 2017